ރިޝްވަތު ދޭން އުޅުމާއި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ދެއްކެވި ހިތްވަރަށް ސެލިއުޓް ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ހަވީރު ގާސިމް މިނިވަންކުރުމާ ގުޅިގެން މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ހިތްޕުޅަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށާއި ގާސިމަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ބަންދުގައި ބެހެއްޓުމަށް ކުރިން ޖަހާފައިވާ ހަތަރުދުވަހުގެ މުއްދަތު ހަމަވާތީ، އޭނާ ކޯޓަށް ހާޒިރުކުރުމުން މިނިވަންކުރީ ބޮޑެތި ޝަރުތުތަކަކާ އެކު އެވެ.
Extremely relieved and happy that Hon @qasimibrahim has been released. I salute his courage & wish him every success insha Allah.— Maumoon Abdul Gayoom (@maumoonagayoom) May 10, 2017
އެއީ ތަހުގީގަށް އެއްބާރުލުން ދެއްވުމާއި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމަށާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުމަށާއި ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެެއް ނުކުރެއްވުމަށާއި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.
ދެ ފަހަރެއްގެ މަތިން ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށް، 19 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކޯޓުން އޭނާ މިއަދު ދޫކޮށްލީ އެންމެ ފަހުން އިތުރު ކޮށްދިން ހަތަރު ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.
BREAKING: Gasim dhookollaifi | Mihaaru
Mihaaru
ގާސިމް ހައްޔަރުކޮށްފައި ހުންނެވިއިރު، އޭނާ ދޫކޮށްލުމަށް އެކި ފަހަރުމަތިން މައުމޫން ވަނީ ގޮވާލައްވައިފަ އެވެ.
ގާސިމް ދޫކޮށްލަން ގޮވާލައްވައި މައުމޫން ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ކުރަން އުޅުމަކީ ކުށެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީގައިވާ އުސޫލުން މީހަކު މަގާމުން ވަކިކުރަން އުޅުމަކީ ކުށެއް ނަމަ، މީހަކު އިންތިހާބު ކުރުމަށް މަސައްކަތް ކުރުން ވެސް ވާނީ ކުށަކަށް ކަމަށް އޭރު މައުމޫން ވިދާޅުވެފައި ވެ އެވެ.
ގާސިމް މިނިވަން ކުރުމުން އޭނާގެ ގެ މާފަންނުވިލާ ގައި ވީޓީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާގެ މައްޗަށް ކޯޓުން ޝަރުތުތަކެއް ކަނޑައަޅާފައިވާއިރު، އެއާ ޚިލާފު ވެއްޖިއްޔާ އަނެއްކާވެސް ބަންދުކުރާނެ ވާހަކަ ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
"އެހެންވީމާ މިވަގުތު އަޅުގަނޑަށް އެއްޗެއް ދެންނެވޭކަށް ނެތޭ ދަންނަވާލަން އޮތީ،" މާފަންނުވިލާގެ ގޯތިތެރޭގައި ހުންނަވައިގެން ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ހިތްވަރަށް ސެލިއުޓްކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ