"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ސަރުކާރުން ނެރުނު ގަރާރު ބާތިލުކޮށްދޭން ސިވިލް ކޯޓަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ ޝަރީއަތަށް ޕީޕީއެމްގެ ވަކީލުން ހާޒިރު ނުވުމުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އޭޕްރީލް މަހުގެ 21 ގައި ނެރުއްވި ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު އަދި ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް އިދިކޮޅުން ހުށަހެޅީ އޭޕްރީލް 27ގަ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ އެ ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ އިން ސިފައިން ބާލަން ގޮވާލައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މީގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ސަރުކާރުން ގަރާރެއް ނެރުނީ "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑެތި ބެނާތައް މާލޭގައި ދަމަން ފެށުމާ ގުޅިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ނެގި އެފަދަ ބެނާ އަކީ ޔާމީންގެ ގޭގައި ދެމި ބެނާ އެވެ.
އިންޑިއާ އައުޓް ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ