ކްރިމިނަލް ކޯޓުން ޕެސްޓު ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފި
މަސްތުވާތަކެތީގެ ދައުވާތަކެއް އުފުލާފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާ އަަށް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.މިދިޔަ އަހަރު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުރި ޕެސްޓު ގޭ ބަންދަށް ބަދަލު ކުރީ 60 ދުވަހަށެވެ. އޭނާއަށް ޝަރުތު ކުރީ ބޭސްފަރުވާއަށް ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށެވެ.ޕެސްޓު ފަރުވާއަށް އެދިފައިވަނީ ޓޮންސިލަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ޕެސްޓު ޝަކުވާ ކުރުމުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ން އެދުނީ މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ޖަލު ބަންދުގައި ބަހައްޓައި ދިނުމަށެވެ. އަދި އޭނާއަށް އެއިރު ވެސް ފަރުވާ ކުރަމުން ދިޔަ ކަމުގެ ލިޔުންތައް ހުށަހެޅިއެވެ.ނަމަވެސް ޝަރީއަތުން ނިންމީ ޕެސްޓު ގޭ ބަންދަށް ބަދަލު ކުރުމަށެވެ. ޝަރުތަކީ ބޭސްފަރުވާގެ ބޭނުމަށް ނޫން ގޮތެއްގައި ގެއިން ބޭރަށް ނުނިކުތުމެވެ.ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޕެސްޓް ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ."އެކަމަކު ހައިކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި އެެއްޗެއް ނާންގާ،" އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ