ނޮޅިވަރަންފަރުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް، ތުހުމަތުވާ އެކަކީ ޤުރުއާން ޓީޗަރެއް

ހދ. ނޮޅިވަރަންފަރުގައި ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ، ނޮޅިވަރަންފަރުގައި ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާތީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުންޏެވެ.
“ހަފްތާ” އަށް އެނގިފައިވާ ގޮތުގައި، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ އެއް ފަރާތަކީ، ނޮޅިވަރަންފަރު ސްކޫލުގައި ޤުރުއާން ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ. މައްސަލައާ ގުޅިގެން އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ