ހުޅުމާލޭގައި ހުންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.
އިއްޔެ ނެރުނު އިއުލާނެއްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފަރީދިއްޔާ ސްކޫލުގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަނޭޝަނަލް ސްކޫލެއް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވޭ ފަރާތްތައް އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ބީލަން ހުށަހަޅަން އިއުލާނުގައި އިތުރަށް ބުނެފައިވެއެވެ.
މީގެ އިތުރުން ޕްރީބިޑް ބައްދަލުވުން އޮތީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ވެލާނާގޭ ނުވަ ވަނަ ބުރީގައެވެ. އަދި ބީލަން ފޮތް އޮކްޓޯބަރު 16 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިވިޝަނުން ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މުއްދަތު ހަމަވުމުން ލާލޭ ސްކޫލް ހިންގާނެ ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ