ވެރިކަން ކުރާ ޕާޓީ "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް" ގެ ހިންގުން، އެ ޕާޓީގެ މުސްތަޝާރު ކަމުގައިވާ ރައީސް އަބުދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމް ތަންފީޒުނުކުރާނެ ކަމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި މައުމޫން ފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ވިދާޅުވީ، އެ ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ.
އެހެންކަމުން ހައިކޯޓުން ވެސް ގޮތެއް ނިންމަންދެން "އެއްވެސް ބޭފުޅަކު އެ ހުކުމް ތަންފީޒު އަޅުގަނޑު އެދެން" މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ އެ ހުކުމް ތަންފީޒުކުރަން ހައިކޯޓަށް ހުށައަޅަން ތައްޔާރުވަމުން. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ، އެއްވެސް ފަރާތަކުން ހުކުމް ތަންފީޒުކުރަން އެއްވެސް ކަމެއް ނުކުރަން. ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް އެއީ، ކޯޓުގެ ހުކުމް އިސްތިއުނާފްކުރުން" މައުމޫން ވިދާޅުވިއެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު މުހަންމަދު ހަލީމް ކުރެއްވި މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ، ޕީޕީއެމް ހިންގުމާ ބެހޭގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަންދެން ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެ ޕާޓީގެ މުޝްތަޝާރު ކަމަށް ކަނޑައަޅާ ކަމަށާއި މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމްގެ މުޝްތަޝާރު (ރައީސް ޔާމީން)ގެ މައްޗަށް އަމުރުކޮށް ހުކުމް ކުރާ ކަމަށެވެ.
އެ ހުކުމާއި އެއްގޮތަށް، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން، މިރޭ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް ރައީސް މައުމޫން ވަނީ، މިރޭ ބާއްވަން އުޅޭ ކައުންސިލް ބައްދަލުވުމަކީ، ގަވާއިދާއި ހިލާފަށް ބާއްވަން އުޅޭ ބައްދަލުވުމެއް ކަމަށް ވިދާޅުވެފައެވެ.
ކޯޓުގެ ހުކުމް ތަންފީޒެއް ނުކުރާނަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ