ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް ބައެއް ބޭފުޅުން ދައުލަތަށް އަނބުރާ ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ހަތް ދުވަހުގެ މުހުލަތެއް ފިނޭންސް މިނިސްޓްރީން ދީފިއެވެ.
މި ފައިސާއަކީ ޤަވާއިދާއި ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށް ދައުލަތަށް އަނބުރާ ހޯދަން އަންގާފައިވާ ފައިސާއެވެ.
ހަތް ދުވަސް ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ އެ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށް އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅަން ފިނޭންސުން ވަނީ ނިންމާފައެވެ.
ރައީސް ނަޝީދުގެ އިތުރުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ހަތްދުވަހުގެ މުހުލަތެއް ދީފައިވަނީ، މއ. ރޯޒް ވިލާ ޑރ. އަހުމަދު ޝަހީދު، ގ. ސަމަންތާ މުހައްމަދު އަސްވަން، މ. ބަގީޗާގެ މުޙައްމަދު ޝިހާބް، ހ. ހިކިފިނިފެންމާގެ އަހުމަދު ނަސީމް، ގއ. ފަރެސްމާތޮޑާ/ގުލްފާމުގެ މުޙައްމަދު އަސްލަމް އަދި މ. ވިޔަރެސް ހުސައިން ރަޝީދު އަހުމަދު ގެ މައްޗަށެވެ.
މި ބޭފުޅުންގެ އިތުރުންވެސް އޮޑިޓް ރިޕޯޓްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރެޕޯޓްތަކުގައި ފާހަގަކޮށްފައިވާ އިތުރު ފަރާތްތަކުގެ ފައިސާވެސް ދައުލަތަށް ހޯއްދަވާނެ ކަމަށް ފިނޭންސުން ވިދާޅުވިއެވެ.
ނަޝީދު އާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް 7 ދުވަސް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ