ފާރިސްގެ ހާލު ބެއްލެވުމަށް ބައްޕާފުޅު މައުމޫން މާފުށީ ޖަލަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުޙުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު ފާރިސް މަޢުމޫނުގެ އަރިހަށް، ބައްޕާފުޅު މަޢުމޫނު އަބްދުލް ޤައްޔޫމް ޒިޔާރަތްކުރައްވައިފިއެވެ.
މިއަދު ފާރިސްގެ އަރިހަށް މާފުށީ ޖަލަށް ވަޑައިގެންނެވުމަށްފަހު ކުރީގެ ރައީސްކަން ކުރައްވާފައިވާ މަޢުމޫނު، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފާރިސަކީ ވަރަށް ހިއްވަރުގަދަ ބޭފުޅެއް ކަމުގައެވެ.
މިއީ ރައީސް މައުމޫން ފާރިސްގެ އަރިހަށް ވަޑައިގެންނެވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ފާރިސްގެ ދައްތާފުޅު ދުންޔާ އާއި ޔުމްނާ ވެސް ޖަލަށް ވަޑައިގެން ފާރިސް އާއި ބައްދަލު ކުރެއްވިއެވެ.
ފާރިސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 18 ވަނަ ދުވަހު، އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށެވެ.
ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާކޮށްފައިވަނީ މިދިޔަ މަހުގެ 22 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ