ރިސޯޓުތައް 99 އަހަރަށް ކުއްޔަށް ދޫކުރިޔަސް ކުލީގެ ފައިސާ އެއް ފަހަރާ ނެގުމާ ދެކޮޅު ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިްމ އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތައް 99 އަހަރަށް ކުއްޔަށް ދިނުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް އިގްތިސާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދިގު މުއްދަތަކަށް ރަށްތައް ދޫކުރާއިރު ދައުލަތަށް ދައްކަން ޖެހޭ ފައިސާއަކީ ދެމެހެއްޓެނެވި ގޮތަކަށް ދެވޭ އެއްޗެއްގެ ގޮތުގައި ހެދުން ބުއްދިވެރި ކަމަށެވެ. ގާސިމް ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ގޮތުގެ ބަދަލުގައި އެންމެންނަށް ބައިވެރިވެވޭނެ ގޮތެއް ހަދަން ޖެހޭކަމަށާއި، ހަމަ އެކަނި މިހާޜު ރިސޯޓު ހިންގާ މީހުންނަށް 99 އަހަަރަށް ދިނުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށެވެ.
ގާސިމް ވިދާޅުވީ ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއްފަހަރާ ދެއްކޭނީ މަދު ފަރާތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރި ކަމަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި އެހެންކަމުން ދެމެހެއްޓެނެވި ގޮތެއްގައި ކަންތައްތައް ކުރެވޭނެ އުސޫލުތައް އެކުލަވާލަންޖެހޭ ކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިއަދުގެ ޖީލަށް މިހެން ފެނުނު ކަމުގައިވިއަސް ރާއްޖޭގެ ފަތުރުވެރިކަން މީގެ ކުރީގައި އޮތީ ވަރަށް ހާލުގައި ކަމަށެވެ. އަދި މިއަދު މި ފެންނަ ފަދަ ރީތި ރިސޯޓުތަައް ފެންނަމުން ދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
“އެކަމަކު ހަގީގަތަކީ މިއަދު އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަން އޮތީ ޑިކްލައިންއެއްގައި. ޗައިނާ މާކެޓު ވެސް ދިޔައީ. ރަޝިޔާ މާކެޓު ވެސް ފުލޮޕް ވެގެން ދިޔައީ. މިހެން ގޮސް ވަރަށް ގިނަ ޔޫރަޕް މާކެޓުތައް ވެސް ހަމަ ޑިކުލައިން ވެގެން ދަނީ. މިއަދު ހަގީގަތަކީ 40 އިންސައްތަ ރާއްޖޭގެ ރަށްރަށުގައި އޮކިއުޕަންސީއެއް ނެތް. މިއީ ހަގީގަތް. މި ހަގީގަތް އޮޅުވައެއް ނުލެވޭނެ. މިހާރު ވެސް ސާވޭ ކޮށްގެން ބަލާބަލަ އަޅެ،” ގާސިމް ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލު ހުށަހެޅުއްވި ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ރިސޯޓު ކުއްޔަށް ހިފުމުގެ މުއްދަތު އިތުރު ކުރާނީ 50 އަހަރަށް، ރަށްރަށާއި ބިންތައް ކުއްޔަށް ހިފައިފައިވާ ފަރާތަކީ “އެކަމަށް ޝަރުތު” ފުރިހަމަވާ ފަރާތެއްނަމަ އެ ރަށެއް ނުވަތަ އެ ބިމެއް ކުށްޔަށްދީފައިވާ މުއްދަތު އިތުރު 49 އަހަރު ދުވަހަށް އިތުރުކޮށްދޭންވާނެ ކަމަށެވެ.
ދިގު މުއްދަތަށް ކުއްޔަށް ދިނަސް އެއްފަހަރާ ފައިސާ ނެގުމާއި ދެކޮޅު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ