އައްޑޫގެ ގުޅިފައިވާ ފަސް ރަށުން ކުއްލި ގޮތަކަށް ކަރަންޓް ހިނގައްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށުން ކުއްލި ގޮތަކަށް ކަރަންޓް ހިނގައްޖެ އެވެ.
އައްޑޫގައި ހުންނެވި ވީނިއުސްގެ ރިޕޯޓަރު ބުނީ ކަރަންޓް ދިޔައީ މިއަދު ހެނދުނު 11:00 ޖަހާ އެހާއިރު ކަމަށެވެ.
އޭނާ ބުނީ ކަރަންޓް ދިޔަ ވަކި ސަބަބެއް އަދި ސާފު ނުވާ ކަމަށާއި ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށުން ކަރަންޓް ދިޔަ ނަމަވެސް ރިޔާސީ އިންތިހާބުގެ ވޯޓުލުން މެދުކަނޑާނުލާ ކުރިއަށްދާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
އައްޑޫ ސިޓީގެ ރަށްތަކުން ދޭތެރެދޭތެރެއިން ކަރަންޓް ދިއުމަކީ އާންމުކޮށް ދިމާވާ މައްސަލަ އެކެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށުން ކަރަންޓް ކެނޑިފައިވާ މައްސަލާގައި ފެކަނަ ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ