ރައްޔިތުންގެ މަޖްލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ބައްޕަ އަބްދުލް ހަކީމު ނިޔާވެއްޖެއެވެ.
ފުވައްމުލަކު މިސްކިތްމަގު ސަނީލޮޖު އަބުދުލް ހަކީމު މިއަދު ނިޔާވީ ސްޓްރޯކެއް ޖެހި ހާލު ބޮޑުވެގެން ސްރީލަންކާގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކަށިމާގޭހަކީމް ގެ ނަމުން މަޝްހޫރު، ހަކީމް ނިޔާވެފައިވަނީ މިއަދު މެންދުރުއެވެ. އަބްދުލް ހަކީމް ސްރީލަންކާއަށް ގެންދިއުމުގެ ކުރިން އޭޑީކޭ ހޮސްޕިޓަލުގައި ވެސް ފަރުވާ ދީފައިވާ ކަމަށް އެނގިފައިވެއެވެ.
ބައްޕާފުޅު ނިޔާވިއިރު މެމްބަރު ފަޒާދުވެސް ހުންނެވީ ވަޑައިގެން ސްރީލަންކާގައެވެ. ބައްޕަގެ ހާލު ސީރިއަސްވުމުން ދައުރުން ބޭރުން ކުއްލި ނުރައްކަލުގެ ގަރާރު ފާސް ކުރަން ބޭއްވި ޖަލްސާގައި ވެސް ފަޒާދަށް ބައިވެރިވެވަޑައިގެންނެވިފައެއް ނުވެއެވެ.
ފަޒާދު އަށް އެ ޖަލްސާގައި ބައިވެރި ނުވެވުމުން އިދިކޮޅު ފަރާތްތަކުން ދިޔައީ އެކަންވެސް ސިޔާސިކޮށް އެކި އެކި ގޮތް ގޮތަށް ފަތުރަމުންނެވެ.
މެމްބަރު އަލީ ފަޒާދުގެ ބައްޕާފުޅު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ