ސަޕޯޓަރެއްގެ އުފަން ދުވަހު ރިހާނާގެ ބޮޑު ސަޕްރައިޒެއް

ސަޕޯޓަރެއްގެ އުފަން ދުވަހުގައި ލަވަކިޔުންތެރިޔާ ރިހާނާގެ ފަރާތުން ބޮޑު ސަޕްރައިޒެއް ދީފިއެވެ.
ޓިކްޓޮކްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ސަޕޯޓަރުގެ އުފަން ދުވަހު އޭނާއަށް ރިހާނާ އުފަން ދުވަހުގެ ލަވަ ކިޔައިދޭ ތަނެވެ. އެ ވީޑިއޯ ނަގާފައިވަނީ ސަޕޯޓަރުގެ އެކުވެރިއެކެވެ.
އެކުވެރިޔާ ބުނެފައިވާ ގޮތުން، އެމީހުންނަށް ރިހާނާ ފެނުނީ ސަޕޯޓަރުގެ އުފަން ދުވަސް ފާހަގަކުރުމަށް ރެސްޓޯރެންޓަކަށް ކާން ދިޔަ އިރު އެތަނުގެ ތެރެއިންނެވެ. އަދި އޭނާ ރިހާނާ ކައިރިއަށް ގޮސް، ސަޕޯޓަރަށް އުފަން ދުވަހުގެ ލަވަ ކިޔަދޭން އެދުނު ކަމަށް ބުންޏެވެ.
އަދި އެކުވެރިޔާގެ އެ އެދުމަށް އެއްބަސްވެ، ސަޕޯޓަރު ކައި ނިމޭހާ އިރު ކޮށްފައި ލަވަ ކިޔައިދޭން ރިހާނާ ދިޔަ ކަމަށް އެކުވެރިޔާ ބުނެފައިވެއެވެ. މިއީ އެ ސަޕޯޓަރުގެ ހަނދާނުން ނުފިލާނެ އުފަން ދުވަހެއްކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ