އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ކ. ގާފަރު، އޯކިޑްމާގޭ، އަބްދުއްސަލާމް 15 އަހަރަށް ޖަލަށްލާން ސެޕްޓެމްބަރު، 2019 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ ޖެނުއަރީ، 2012 ގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގަ އެވެ.
އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަނިޔާ ލިބުނު ކުއްޖާ އޭނާގެ މަންމަ އާއި މާމަ އާއި ބޮޑުދައިތަށް ކިޔައިދީފައިވާ ވާހަކަތަކަށް ބެލުމުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ހަމައެގޮތަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަށް ވެސް އެ ކުއްޖާ އެ ވާހަކަ ކިޔައިދިން ކަމަށާއި އަދި އެ ކުއްޖާގެ ނަފްސާނީ ހާލަތުު ބެލި ރިޕޯޓުގައި، ޖިންސީ ގޯނާގެ ސަބަބުން ނަފްސާނީ އަސަރުތަކެއް އެ ކުއްޖާއަށް ކޮށްފައިވާ ކަން އެނގޭ ކަމަށް އެ ހުކުމުގައިިވެ އެވެ.
އެ މީހާގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި އެބަހުރި ކަމަށާއި އެހެންވެ، ދަށު ކޯޓު ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ހުސައިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.
ހަތަރު އަހަރުގެ ކުއްޖަކާ ބެހިގެން 15 އަހަރަށް ޖަލަށްލި މީހަކު ހައި ކޯޓުން ސަލާމަތެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ