ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުން މައްސަލަތައް ހައްލެއް ނުވާނެ: މެމްބަރު އަފީފު

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުން މައްސަލަތައް ހައްލު ނުވާނެ ކަމަށް ވިލުފުށީ ދާއިރާގެ މެމްނަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާ މެންބަރު ހުސައިން ޒިޔާދު ހުށަހަޅުއްވާފައިވާ ޓްރާސްޕޯޓު އޮތޯރިޓީގެ ގާނޫނު އުވައިލުމުގެ ބިލާ ގުޅޭ ގޮތުން ބަހުސްކުރައްވަމުން އަފީފު ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީގެ އަސްލު މައްސަލައަކީ އެތަނުގެ ތިބޭ މީހުން ކަމަށާއި އެމީހުން ކަންތައްތައް ކުރާ ގޮތުން މައްސަލަތައް ނިކުންނަކީ ކަމަށެވެ. އެހެންކަމުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާ އެތަނުގައި ތިބި މުވައްޒަފުންނާއި ވަސީލަތްތައް ޓުްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރުމަކުން މާ ބޮޑު ތަފާތެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަފީފު ވިދާޅުވިއެވެ.
"ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މިޖެހޭ ސަބަބެއް އަޅުގަނޑަކަށް ހަމައެއްގޮތަކަށްވެސް ނުވިސްނޭ. އެހެންނު ޓްރާންސްޕޯޓް އެތޯރިޓިގައި ތިބި މުވައްޒަފުންނަކީ މިނިސްޓަރު އަންގާ ގޮތަށް އަމަލު ނުކުރާ ބަޔަކަށް ވަންޏާމު ނުވަތަ ކޮރަޕްޝަން ހިންގާ ބައެއް ކަމުގައި ވާނަމަ އެމީހުން މަގާމުން ދުރު ކުރެވިދާނެ. މީހުން އިސްލާހުވެގެން މީހުން އިހުލާސްތެރިވެގެން ކަންކަން ކުރެވޭނީ"
- ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު
އަފީފު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އަކީ ވަރަށް ކުރިއްސުރެ މިރާއްޖޭގައި ގާއިމުވެފައިހުރި އަދި ހިނގަމުންދާ މުއައްސަސާއެއް ކަމަށްވާއިރު
ނަމަވެސް ކުރީގެ ސަރުކާރުގައި ޓުރާންސްޕޯޓް މިނިސްޓްރީ އުވާލާ އެމިނިސްޓްރީގެ މަސައްކަތްތައް އެކި އެކި މުއައްސަސާތަކަށް ބައިބައިކޮށްލި އިރުގައި ޓްރާންސްޕޯޓް އޮތޯރިޓީއަށް ވަރަށް ގިނަ ބާރުތަކެއް ވަނީ ދީފަ ކަމަށެވެ.
އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ މައްސަލައަކީ ކޮބާތޯ ބަލަން ޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ