އެމްއެންޔޫ ގަން ކެމްޕަހުގައި މުޅިން އަލަށް ނާރސިންގ ދާއިރާގެ ސްޕެޝަލައިޒްޑް ކޯހެއް

ދިވެހި ޤައުމީ ޔުނިވާސިޓީ ގަމު ކެމްޕަހުގައި މުޅިން އަލަށް ނާރސިންގ ދާއިރާގެ ސްޕެޝަލައިޒްޑް (މިޑްވައިފްރީ) ކޯހެއް ފެށުމަށް ހުޅުވާލައިފިއެވެ. މި ކޯސް ފެށުމަށް ހުޅުވާލާފައިނީ އެމް.އެން.ޔޫ ގެ އޯގަސްޓް އިންޓޭކަށެވެ. މިއީ އެޑްވާންސްޑް ޑިޕްލޮމާއެކެވެ.
މިކޯސް ހުޅުވާލުމާއިއެކު ގަމު ކެމްޕަސް ވެގެން ގޮސްފައި މިވަނީ ނަރުސް ކަމުގެ ބޭސިކް ލެވެލް ކަމުގައިވާ އެޑްވާސްޑް ސެޓްފިކެޓް އިން ނާރސިންގެ އިން ފެށިގެން ޑިޕްލޮމާ އޮފް ނާރސިން އަދި ބެޗެލާރސް އޮފް ނާރސިންގެ ކޯސް ފުރިހަމަ ކުރެވޭނެ ކެމްޕަހަކަށެވެ.
ސިއްހީ ހިދުމަތްދޭ ތަނެއް ނަރުހުންގެ ހިއްސާއެއް ނެތި ފުރިހަމަ ނުވާނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ނަރުހުންގެ މުހިންމުކަމާއި އެމީހުންގެ ޑިމާންޑް މިދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ގަމު ރީޖަނަލް  ހޮސްޕިޓަލަކީ ތަރައްޤީ ކުރަމުން އަންނަ އަދި މިސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރަން ކަނޑައަޅާފައިވާ ހޮސްޕިޓަލެކެވެ.
މުޅިރާއްޖޭގައި ނަރުހުންނަށާއި މިޑްވައިފުންނަށް އޮތް ޑިމާންޑަށް، ވަކިން ޚާއްސަކޮށް މި ރީޖަންއަށް މީހުން ތަމްރީނުކުރުމަށް، ގަމު ކެމްޕަހުން އެޑްވާންސްޑް ޑިޕްލޮމާއިން މިޑްވައިފަރީ ކޯހަށް ހުޅުވާލާފައިވާއިރު މިކޯހުގައި ބައިވެރި ވެވޭނީ ޑިޕްލޮމާ އޮފް ނަރސިންގ ފުރިހަމަކޮށް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުގައި ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށް ކަމަށް ގަމު ކެމްޕަސްގެ ސްކޫލް އޮފް ނަރސިންގ ގެ ލެކްޗަރަރ އަލްފާޟިލާ ސައުޝަން ރަޝީދް ވިދާޅުވިއެވެ.
ގަމު ކެމްޕަހުގައި ފެށުމަށް 22 ކޯހެއް މިފަހަރު ވަނީ ހުޅުވާލައިފައެވެ. އަދި މުޅިން އަލަށް ހުޅުވާލާފައިވާ ކޯސްތަކުގެތެރޭގައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތް ކެއަރ،އެޑްވާންސްޑް ޑިޕްލޮމާ އިން މިޑްވައިފްރީ، އެޑްވާންސްޑް ޑިޕްލޮމާ އިން އަރަބިކް ލޭންގުއޭޖް އަދި އެޑްވާންސްޑް ސެޓްފިކެޓް އިން ޖަރނަލިޒަމް ހިމެނެއެވެ.
މި ކެމްޕަހުގައި ޔުނިވަރސިޓީގެ 9 ފެކަލްޓީއެއްގެ 22 ކޯހަކަށް މިވަނީ ހުޅުވާލާފައެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ހަމަވާ ތާރީޚާކީ 5 އޯގަސްޓް 2021 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ