ޑްރަގްގެ ބޮޑަކު ދޫކޮށްލަން ކުރި އަމުރު ހައި ކޯޓުން ބާތިލްކޮށްފި

ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ އަހުމަދު ވިސާމް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
"އިރުއަލިމަސް" ނަމަކަށް ކިޔާ މަސް ދޯނިން މާޗު 20، 2020 ގައި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުމުގެ ތުހުމަތުކުރާ ވިސާމް، މ. ބޮއިލިންފިޝް، ދަށު ކޯޓުން މިދިޔަ މަހު ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނެރެފައިވާ އަމުރު ރިވިއުކުރަން ގެންދިއުމުންނެވެ.
Drug ge bodu meehaku dhookollee doctor ah dhekki kamuge liyunthah ves huttaa
The most trusted news source in the Maldives
Mihaaru
އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ނެރުއްވި އަމުރުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން ވިސާމަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައިނުވާ ކަމަށެވެ. އޭގެ އިތުރުން ވިސާމަކީ ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭ މީހެއްކަން ލިޔުންތަކުން އެނގެން އޮތް އިރު ވެސް ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށާއި އޭނާ ނަފްސާނީ ޑޮކްޓަރަކަށް ވެސް ދެއްކުމަށް ރިފާކޮށްފައިވާއިރު އެކަން ވެސް ކޮށްފައި ނުވުމަކީ ވިސާމް ދޫކޮށްލާ ސަބަބެއް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ވިސާމް ދޫކޮށްލިއިރު އޭނާ ޑޮކްޓަރަށް ދެއްކި ކަމުގެ ލިޔުންތައް ހުށަހަޅާފައި ވެ އެވެ.
61 kilo ge masthuvaathakethi ethere kurumugai iskoh huri meehaku dhookolli massala isthiunaaf kuranee
The most trusted news source in the Maldives
Mihaaru
ޑްރަގްގެ ބޮޑަކު ދޫކޮށްލި މައްސަލަ މިދިޔަ މަހުގެ 26 ގައި ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގައި ހައި ކޯޓުން ނިންމާފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލްކަމަށެވެ.
އެ މައްސަލައިގައި 11 މީހަކަށް ދައުވާކޮށް މިދިޔަ އަހަރު ކޯޓަށް ފޮނުވި އެވެ. އެއީ ވިސާމްގެ އިތުރުން މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު މާއިޝް، މ. މާކޮޅު، މުހައްމަދު ޝާމިން، މއ. ވިރާހު، އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4، އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ، ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ، ސައުދުﷲ ރަޝީދު، މ.ކެޕްރިކޯން، މުހައްމަދު ނަޝީދު، މ.މުލި، ހުދުފިނިފެންމާގެ، މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު އަދި މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުސްތަރީގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ