ބަންޑާރަ ނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓުގައި!

ބަންޑާރަނައިބް މުހައްމަދު އަނިލް، ސުޕްރީމު ކޯޓުގައި ގިނަ އިރުތަކެއް ހޭދަކޮށްފިއެވެ.
 
ރާއްޖެއެމްވީއަށް މައުލޫމާތުލިބިފައިވާ ގޮތުގައި އަނިލް ސުޕްރީމް ކޯޓަށް ވަޑައިގެންފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތު ކަމަށާއި، ކޯޓުން ނިކުމެ ވަޑައިގެންފައިވަނީ ހުކުރު ދުވަހުގެ ރޭ 00:15 އެހާކަންހާއިރު އެވެ. އަނިލް ސުޕްރީމް ކޯޓުން ނިކުމެވަޑައިގެންނެވި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައެވެ.
 
އަނިލްގެ އިތުރުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާއި، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްވެސް ސުޕްރީމް ކޯޓުގައި އުޅުއްވިކަމުގެ މައުލޫމާތުތަކެއް ލިބިފައިވެއެވެ. ނަމަވެސް އެކަމާއި ގުޅެގޮތުން ބަންޑާރަ ނައިބް އޮފީހުގެ ބަހެއްވެސް އަދި ޑިފެންސް މިނިސްޓްރީގެ ބަހެއްވެސް ލިބޭގޮތްވެފައެއް ނުވެއެވެ. 
 
އެސަރަހަްއްދުގައި ހުރި ރާއްޖެޓީވީގެ ނޫސްވެރިޔާ މައުލޫމާތުދިން ގޮތުގައި ސުޕްރީމް ކޯޓު ވަނީ ވަރަށް ބޮޑަށް ދިއްލާފައި ކަމަށާއި ފުލުހުންވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ