އަނިލް ދަންވަރު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށް ބުނާ ފޮޓޯއެއް!

ބަންޑާރަ ނައިބު މުހައްމަދު އަނިލް ރޭ ދަންވަރު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ.
މިކަމާ ގުޅޭގޮތުން އަނިލް މިހާތަނަށް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާ ސުޕްރީމް ކޯޓުން ނިކުންނަވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެ ފޮޓޯއިން ފެންނަނީ އަނިލް ސުޕްރީމް ކޯޓުގެ މައި ގޭޓުން ނިކުމެވަޑައިގެންނަވަން ދާ ބަންޒަރެވެ. އެ ފޮޓޯގައި ބުނެފައިވަނީ އެއީ ދަންވަރު 12:15 ހާއިރު ކަމަށެވެ. އާންމުވެފައިވަ ފޮޓޯގައި އަނިލްގެ މޫނު އެނގޭވަރަށް ސާފު ނުވި ނަމަވެސް ބެލެވޭގޮތުގައި އެއީ އަނިލް އެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ސުޕްރީމް ކޯޓަށް ރޭގެ ވަގުތެއްގައި ވަޑައިގެންނެވި ކަމަށް ބުނެވެސް އަޑު ފެތުރުނެވެ. އެކަމަކު އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.
މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭވެސް ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ސުޕްރީމް ކޯޓަށް ދަންވަރު ވަދެވަޑައިގެންނެވި ކަމަށް ބުނެ އަޑު ފެތުރުނެވެ. އެކަމަކު އެކަން އެބޭފުޅުން ދޮގު ކުރައްވާފައެއް ނުވެ އެވެ.
ރޭގަނޑު ދަންވަރުގެ ވަގުތެއްގަ އަނިލް ސުޕްރީމް ކޯޓުން ނިކުންނަވާ ފޮޓޮއެއް އާންމުވުމުން އިދިކޮޅު ފަރާތްތަކާއި އާންމުންގެ ފާޑު ކިޔުންދަނީ އަމާޒުވަމުންނެވެ. އެއީ ސުޕްރީމް ކޯޓަށް މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑިގެއްލުން މައްސަލައިގަ ފަހު ގޮތް ކަނޑައަޅައި ދިނުމަށް ހުށަހަޅާފައިވާ މައްސަލައިގަ ގޮތެއް ކަނޑައެޅުން ލަސްވެގެން އިދިކޮޅު ފަރާތްތަކުން އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރަން އެދުމުން  އަދިވެސް އެކަން ހަމަނުޖެހޭތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ