ޕްރައިމަރީގައި ވޯޓު ނުލައްވަން މައުމޫން ނިންމަވައިފި

ޕީޕީއެމް އިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ޓަކައި ވާއްވާ ޕްރައިމަރީގައި ވޯޓު ނުލައްވަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވަކިއަތަކަށް ނުޖެހުމުގެ ގޮތުން ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ ދެ ބޭފުޅުންގެ ތެރެއިން އެއްވެސް ފަރާތަކަށް ވޯޓު ނުދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ ޕީޕީއެމްގެ އާންމު ހުރިހާ މެންބަރުން ވެސް ޕީޕީއެމް ޕްރައިމަރީގައި ވޯޓު ލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޕްރައިމަރީގައި ވޯޓު ނުލައްވާ ގޮތަށް މައުމޫން ނިންމެވިއިރު، އެމަނިކުފާނުގެ ދަރިން ވަނީ ޔާމިންއަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެ، ކެމްޕެއިންތަކެއް ކުރައްވާފަ އެވެ. ނަމަވެސް މައުމޫން ވިދާޅުވެފައި ވަނީ އެއީ އެ ކުދިންގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ