އައްޑޫ ސިޓީން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ތިން އަވަށުން ކަރަންޓް ކެނޑެމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭއަރ އަބްދުﷲ ސޯދިގް ( ސޯބެ) ވިދާޅުވެއްޖެއެވެ.
 
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސޯބެ ވިދާޅުވީ ބުދަ ދުވަހު އައްޑޫގެ ތިން އަވަށުގެ އެކި ހިސާބުތަކުން ކަރަންޓަމުން އަންނަ ކަމަށެވެ.
 
ރާއްޖެއެމްވީއަށް މައުލޫމާތު ދިން އައްޑޫ މީހަކު ބުނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ ތިން އަވަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަށް އައްޑޫ ފެނަކަ ކޯޕަރޭޝަންގެ ބުރާޗުން ނިންމާފައިވާ ކަމަށެވެ. އިންޖީންގެ މައްސަލަ ހައްލުވަންދެން އައްޑޫގެ އެކި ސަރަހައްދުތަކުން މިހާރު ކަރަންޓް ކަނޑަމުން ދާ ކަމަށް އޭނާ ބުންޏެއެވެ.
 
މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވީ އައްޑޫން ކަރަންޓް ކަނޑައިގެން ދަނީ މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ދާތީ ކަމަށާއި ދެ ފީޑަކުން ކަރަންޓް ކަނޑަމުންދާތީ ކަމަށެވެ. 
 
ސަރުކާރުން ކަރަންޓް ޔަޤީން ސިޔާސަތުގެ ދަށުން ހުރިހާ ރަށަކަށް ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށް ބުނާއިރު ރަށްރަށުން ކަރަންޓް ކެނޑުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އަދި އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. އަދި މާލެއިން ވެސް ކުރިޔާ ޚިލާފަށް ކަރަންޓް ކެނޑުން ވަނީ އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ