ރ.އަތޮޅު އަލިފުއްޓަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް މައްސަލައެއް ދިމާވެ އެރަށުން ކަރަންޓް ކެނޑިއްޖެއެވެ.
އަލިފުށިން ފުރަތަމަ ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 11:00 ހާއިރުއެވެ. ޖަނަރޭޓަރަށް ހެނދުނު ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ދީފައި ވަނިކޮށް އަނެއްކާ މިރޭ ވަނީ ކަރަންޓް ކެނޑިފައެވެ.
ފެނަކައިގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށެވެ. މައްސަލަ ހައްލުކޮށް ގަޑިއެއްހާއިރުގެ ތެރޭގައި އަލުން ކަރަންޓް ދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކަރަންޓްގެ މައްސަލަ ހައްލު ނުވެ ލަސްވަނީ އިންޖީނުގެ އަށް އެތާނގެ ސްޓާފުން ވަންނަން ބަޔަކު ހުރަސް އެޅުމުން ކަމަށް ފެނަކަ އިން މައުލޫމާތު ދެއެވެ.
އަލިފުށިން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ