އެލިޒަބަތު ހާލީ އާއި ހިއު ގްރާންޓް ރާއްޖޭގެ ރިސޯޓެއްގައި އުޅެނިކޮށް ފޮޓޯ ނެގި މައްސަލާގައި އެ ދެ މީހުންނަށް 58،000 ޕައުންޑް ދޭން ކޯޓުން ހު

އިނގިރޭސި ވިލާތުގެ މަޝްހޫރު އެކްޓަރު ހިއު ގްރާންޓް އަދި އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ މޮޑެލް އަދި ފިލްމީ ތަރި އެލިޒަބަތު ހާލީ އާއި އޭނާގެ ފިރި މީހާ ކަމަށްވާ އަރުން ނަޔަރު ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ޝާއިއުކުރި ދެ ނޫހަކުން ބަދަލުގެ ގޮތުގައި 58،000 ޕައުންޑް ދިނުމަށް ލަންޑަނުގެ ހައިކޯޓުން ބުރާސްފަތި ދުވަހު ހުކުމް ކޮށްފި އެވެ.
ފޮޓޯ އެޖެންސީއެއް ކަމަށްވާ ބިގް ޕިކްޗާސް ފްރާންސްގެ އެލިއޮޓް ޕްރެސް އިން ގްރާންޓް، ހާލީ އަދި އަރުން އަށް ބަދަލު ދިނުމަށް ކޯޓުން ހުކުމްކޮށްފައި ވާއިރު ފޮޓޯތައް ޝާއިއުކުރުމަށް އެ ތިން މީހުންނަށް ކުރިމަތިވި އުނދަގޫތަކަށްޓަކައި އާންމުންގެ ކިބައިން މައާފަށް އެދުމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
"ފޯ ވެޑިން އެންޑް އަ ފިއުނެރަލް" ކިޔާ ކޮމެޑީ އަކުން މަޝްހޫރުކަން ހޯދި 47 އަހަރުގެ ގްރާންޓާއި މޮޑެލް އަދި ފިލްމީ ތަރި ހާލީ 13 އަހަރު އެކުގައި އުޅުމަށް ފަހު ވަކިވެފައި ވަނީ 2000 ވަނަ އަހަރު އެވެ. ހާލީ މިހާރު ކައިވެނިކޮށްގެން އުޅޭ އަރުން އަކީ އިންޑިއާގެ މަހުޖަނެކެވެ. އެ ދެ މީހުން ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ