ޖޭއެސްސީގެ މެމްބަރު ކަމަށް ފާރިސް އައްޔަން ކޮށްފި

ޖޭއެސްސީގެ މެމްބަރު ކަމުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަކިކުރުމަށް ފަހު މިއަދު އެ މަގާމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އައްޔަން ކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން ފާރިސްގެ ނަން ފޮނުވިއިރު ޕީޕީއެމުން ފޮނުވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަންފުޅެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާރިސް މަގާމަށް އައްޔަން ކުރެވުނީ ވޯޓަށް އަހައި، ބައިވެރިވި މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.
ފާރިސްއަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުން ވެސް ހިމެނެއެވެ. ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވުމަށް ފަހު މަޖިލިސް ހުޅުވި ގިނަ ކަންތައްތަކަށް ވޯޓަށް އެހިފައިވާއިރު ޕީޕީއެމްގެ މެމްބަރުން ވެސް ވަނީ އިދިކޮޅު ފަރާތްތަކާ އެއް ކޮޅަށް ވޯޓު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ