ލަންކާ ޕާލަމެންޓް އުވާލުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ކޮލަމްބޯ (ނޮވެމްބަރު 13) - ސްރީ ލަންކާގެ ޕާލަމެންޓް އުވާލަން ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމެވި ނިންމެވުމުން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އަވަސް އިންތިޚާބެއް ބޭއްވުމަށް ކުރަމުންދާ ތައްޔާރީތައް ހުއްޓާލުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރު ނަލިން ޕެރާރާ ރިޔާސީ ބެލެހެއްޓި ތިން ފަނޑިޔާރުންގެ ބެންޗުން ހުކުމް އިއްވި އިރު ކޯޓްރޫމް ތެރެ އޮތީ ފުރި ބާރުވެފަ އެވެ. ސުޕްރީމް ކޯޓުގެ ބޭރުގައި ފުލުހުންނާއި ހަތިޔާރު އެޅި ކޮމާންޑޯ އިން ދިޔައީ ފޯރިމަރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ