ވެރިކަން ކުރާ އެމްޑީޕީ އަށް ފަންޑު ކުރަނީ ކޮންބައެއްތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ސުވާލު ކުރައްވައިފިއެވެ.
ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދުގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވަކި ޕާޓީއެއްގެ ނަން ވިދާޅުނުވެ އެމްޑީޕީ އަށް އިޝާރާތް ކުރައްވާ ވިދާޅުވީ ގާސިމަށް "މަހުޖަނާއި ސޭޓްގެ ވާހަކަ ދައްކާ ޕާޓީގެ ބޭފުޅުންނަށް ފަންޑް ކުރަނީ ކޮންބައެއްކަން" ސާފުކޮށްދެއްވަން އެބަޖެހޭ ކަމަށެވެ.
"ފަންޑު ކުރަނީ ބޭރު ގައުމަކުންތޯ؟ ނުވަތަ މަހުޖަނުންތޯ؟ ނުވަތަ ދައުލަތުގެ ބައިތުލްމާލުންތޯ؟ ނުވަތަ ސަރުކާރު ކުންފުނިތަކުން އެހެން ގޮތަކުން ފައިސާ ހޯއްދަވައިގެންތޯ ޚަރަދު ކުރައްވަނީ؟" ގާސިމް ވިދާޅުވިއެވެ.
ގާސިމް މިރޭ ވެސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މިހާރު ތަންދޮރު ނުފިލާބައެއް ނޫން ކަމަށެވެ.
"ބަޔަކު އޮޅުވާލައިގެން ދުއްތުރާ ކުރަން ބަޔަކު ވިސްނި ނަމަވެސް އެކަމެއް އެހެންނެއް ނުވާނެ. ގައުމުގައި އަދުލް އިންސާފާއި ކަންކަން ރަނގަޅުކޮށް ދެކޮޅު ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބިގެންނެއް ނޫން." ގާސިމް ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
އެމްޑީޕީއަށް ފަންޑު ކުރަނީ ކޮންބައެއްތޯ ގާސިމް ސުވާލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ