ރިޝްވަތުގެ ތުހުމަތުތަކުގައި ފުލުހުން ހޯދި ރައީސް މައުމޫންގެ ކުރީގެ ޕާސަނަލް އެސިސްޓަންޓް އަހުމަދު ސޮފްވާނާއި ރައީސް މައުމޫން ބައްދަލު ކުރައްވައިފިއެވެ.
ސޮފްވާނާއި ބައްދަލު ކުރެއްވުމަށް ފަހު ރައީސް މައުމޫން ވިދާޅުވީ ސޮފްވާނަކީ ވަފާތެރި މީހެއް ކަމަށާއި އާއިލާއާއި ދުރުގައި ދޮޅު އަހަރު ހޭދަކޮށްފައިވާ ކަމަށެވެ. އަދި އެގުރުބާނީ ބަލައިގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
So happy that our loyal team member @ahmedsofwan7 has joined us after having been forced to be away from his family and loved ones for over a year and a half. His sacrifice is much appreciated. pic.twitter.com/8r6EobjWOV
ސޮފްވާން އަކީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ބޭރު ކުރުމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރެވުނު ރިޝްވަތުގެ ތުހުމަތުތަކުގައި ފުލުހުން ހޯދި އެކެކެވެ. އެހެން ނަމަވެސް ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ކުރިން ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ހޯދުމަށް ފުލުހުން އެކި ފަހަރު މަސައްކަތް ކޮށްފައިވާއިރު، ސޮފްވާން ހޯދުމަށް ފުލުހުން ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ އިންޓަރޕޯލްގައި ވެސް އެދުނެވެ. އެހެން ނަމަވެސް ފިލައިގެން އުޅޭ މީހުން ހޯދުމަށް އިންޓަރޕޯލްއިން ނެރޭ ރެޑް ނޯޓިސް ނެރެދީފައެއް ނުވެއެވެ. ތަހުގީގަށް ހާޒިރު ނުވުމުން އަދުލުއިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.
ސޮފްވާން އަނބުރާ ރާއްޖެ އައުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށް އިމިގްރޭޝަނުން މިދިޔަ މަހުގެ ތެރޭގައި ވަނީ ބުނެފައެވެ.
ރައީސް މައުމޫން މެލޭޝިއާއަށް ވަޑައިގެންފައިވަނީ މީގެ ދެހަފްތާ ކުރިން "މެޑިކަލް ޗެކަޕެއް" ހެއްދެވުމަށެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނާއި އެކު ސޮފްވާން އެނބުރި ރާއްޖެ އަންނާނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސޮފްވާން ވި ގުރުބާނީ ބަލައިގަންނަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ