މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ އާއި މާފަންނު އުތުރު ދާއިރާގެ ގޮނޑި ހުސްވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއާއި، މާފަންނު އުތުރު ދާއިރާގެ ގޮނޑި ހުސްވެއްޖެއެވެ.މިދެ ދާއިރާގެ ގޮނޑި ހުސްވެފައިމިވަނީ ދާއިރާ ތަމްޞީލު ކުރައްވަމުން ގެންދެވި ދެ މެމްބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.ގަލޮޅު ދެކުނު ދާއިރާ ތަމްޞީލުކުރައްވަމުން ގެންދެވި އަހުމަދު މަހުލާފާއި، މާފަންނު އުތުރު ދާއިރާ ތަމްޞީލު ކުރައްވަމުން ގެންދެވި މާރިޔާ އަހުމަދު ދީދީ މިއަދު އިސްތިއުފާ ދެއްވީ މިއަދު ރައީސްކަމުގެ ހުވާ ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެބިނެޓާއި ގުޅިވަޑައިގަތުމަށްކަމަށް މަޢުލޫމާތު ލިބެއެވެ.މާލޭ ސިޓީއަށް ނިސްބަތްވާ ދެ ދާއިރާއެއްގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ޤާނޫނީ ގޮތުން ހުސްކަމެއްގެ ތެރެއަށް މިއަދު ގޮސްފައިވާއިރު މީގެ ކުރިން ހެންވޭރު އުތުރު ދާއިރާގެ ގޮނޑިވެސް ވަނީ ހުސްވެފައެވެ. އެދާއިރާ ތަމްޞީލުކުރައްވަމުން ގެންދެވި މެމްބަރު އަބްދުﷲ ޝާހިދުވެސް އިސްތިއުފާދެއްވީ ރައީސް ޞާލިޙުގެ ކެބިނެޓުގެ މަޤާމަކާ ޙަވާލުވެވަޑައިގަތުމަށްކަމަށް ބެލެވެއެވެ.ތިން މެމްބަރަކު މިހާތަނަށް އިސްތިއުފާ ދެއްވާފައިވާއިރު މިމެމްބަރުންގެ ދައުރު ހަމަވުމަށް ހަތަރު މަސްދުވަސް ބާކީ އެބަ އޮތެވެ.ރައީސް ޞާލިޙު ހުވާ ކުރައްވާފައިވަނީ މިހަދު ހަވީރުއެވެ. އެމަނިކުފާނުގެ ކެބިނެޓު އިޢުލާން ކުރައްވަން ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ