ގާސިމް އިބްރާހީމް މާލެ ވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެމަޖިލީހުގެ މާމިގިލީދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މާލެ ވަޑައިގެންފިއެވެ.
ގާސިމްއިބްރާހީމަށް މަރުޚަބާދެންނެވުމަށް ގިނައަދެއްގެ ބަޔަކު މާލޭގެ އެއްނަންބަރު ފާލަން ސަރަހައްދަށް ޖަމަވެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ފައިސަލް ނަސީމު އެވެ.
މީގެއިތުރުން ގުޅިފައިވާ ޕާޓީ ތަކުގެ އިސް ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން އެމަނިކުފާނަށް މަރުޚަބަ ދެންނެވުމަށް އެއާޕޯޓުން ވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ