އިސްލާމީ މަރުކަޒުގެ ބައެއްގެ ގޮތުގައި ހަދާފައި އޮތް އަމީރު އަހުމަދު މަގު މިއަދު އާންމު ދަތުރުފަތުރަށް ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނީ އެމަގުގައި ޖަހާފައި ހުރި މާބުލްތައް ނަގާ، މަގު އެއްވަރުކޮށް، ގާ އަތުރާ ނިމިފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު އެ މަގު ރަސްމިކޮށް ދަތުރުފަތުރަށާއި، އާންމުންނަށް ހުޅުވާލާނެކަމަށެވެ.
މީގެ ކުރިންވެސް ބޭނުންކުރަމުން އައި އަމީރު އަހުމަދު މަގު ބަންދުކުރީ އިސްލާމީ މަރުކަޒުގެ ބައެއްގެ ގޮތުގައި އެތަން ހަދާ، މާބުލް ޖަހާ ނަމާދުކުރެވޭ ގޮތަށް ހެދުމަށެވެ. އަދި އެ ސަރަހައްދުގެ ޓްރެފިކަށް ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.
އަމީރު އަހުމަދު މަގުން އަލުން ހުޅުވަން ނިންމީ އެސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވުމާއި، އެ މަގު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރަމުންދާތީއެވެ. މި މަގު އަލުން ހުޅުވުމާއެކު އެ މަގުން ހުޅަނގުން އިރަށް ދުއްވޭނެއެވެ. މިއާއެކު އެސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެންނާނެކަމަށް ވެސް ޓްރާންސް ޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
އަމީރު އަހުމަދު މަގު މިއަދު ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ