ނެއްލައިދޫން ކަރަންޓު ކެނޑޭތީ މުޒާހަރާ ކުރަން ފަށައިފި

ހދ. ނެއްލައިދޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.
ވީނިއުސަށް މައުލޫމާތު ދެއްވަމުން ހދ ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިލްހާމް ވިދާޅުވީ ނެއްލައިދޫ ރައްޔިތުން ނިކުމެ މުޒާހަރާ ކުރަނީ ދޭތެރެ ދޭތެރެއިން ރަށުން ކަރަންޓް ކެނޑެމުންދާތީ ރައްޔިތުންގެ މުދަލަށް ގެއްލުންވަމުންދާ މައްސަލާގައި ކަމަށެވެ. މިފަހަކަށް އަައިސް ނެއްލައިދޫން ދުވާލަކު ދިހަ ބާރަ ފަހަރު ކަރަންޓް ކެނޑޭކަމަށްވެސް އިލްހާމް ވިދާޅުވި އެވެ.
"ނެއްލައިދޫއަކީ ކުރިން ވެސް ދޭތެރެއަކުން ކަރަންޓުގެ މައްސަލަ ކުރިމަތިވާ ރަށެެއް. އެކަމަކު މިފަހަކަށް އައިސް ދުވާލަކު ދިހަ ބާރަ ފަހަރު ކަރަންޓު ކެނޑޭ އެބަ. އެހެން ކަރަންޓު ކެނޑޭތީ ރައްޔިތުންނަސް ވަރަށް ގެއްލުންވޭ، އެބަހުރި ދޮންނަމެޝިން، އޭސީ، މުޅިން ހަލާކުވެފަ. އަދި މިޒަމާނަކީ ދާނި ބޭނުންކޮށްގެން ވަޅުން ފެން ނަގާ ޒަމާނެއް ނޫން. މޯޓަރުން ފެންނަގާނި މޯޓަރުތައް ހަލާކުވެފައި ފެންނެގޭނެ ގޮތެއް ނެތް އެތައް ގެއެއް އެބަހުރި. މިހާ ހިސާބަށް ދިއުމުން ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފަށާފައި މިވަނީ،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ސަރުކާރު ބަދަލުވި ހިސާބުން ރައީސުލްޖުމުހޫރިއްޔާއާއި ބައްދަލުކުރައްވާ، ޝަކުވާ ހުށަހަޅާފައިވާނެ ކަމަށާއި ފެނަކައަށްވެސް ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެތައް ފަހަރަކު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ފެނަކައިން އބަދުވެސް ދޭ ޖަވާބަކީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ޖަވާބު ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ