ރާއްޖެފަދަ ގައުމަކުން ވޯލްޑް ކަޕް ޓްރޮފީ ހޯދާ ދުވަހަކުން ފަޚުރުވެރިވާނަން: ކޮކާކޯލާ

ރާއްޖެ ފަދަ ގައުމަކުން ވޯލްޑް ކަޕް ކުޅެ އެ ޓްރޮފީ ހޯދާ ދުވަހަކުން ކޮކާކޯލާ ފަޚުރުވެރިވާނެ ކަމަށް ކޮކާކޯލާ ސައުތު ވެސްޓް ރީޖަން އޮޕަރޭޝަންސްގެ ނައިބު ރައީސް ޑެބަބްރާތާ މުކަރްޖީ ވިދާޅުވެއްޖެއެވެ.
ކޮކާކޯލާ ވޯލްޑް ކަޕް ޓްރޮފީ ޓުއާގައި ރާއްޖެއަށް ޓްރޮފީ ގެނައުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވޯލްޑް ކަޕް ޓްރޮފީ ޓުއާގައި ކޮކާކޯލާގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވި ޑެބަބްރާތާ މުކަރެޖީ ވިދާޅުވީ، ރާއްޖެއިން ވޯލްޑް ކަޕް ޓްރޮފީއަށްކީ ހޫނު މަރުހަބާއެއް ކަމަށާއި ރާއްޖެއަކީ ފުޓުބޯޅައިގެ ޖޯޝުން ފުރިފައިވާ ތަނެއްކަން އެނގިއްޖެ ކަމަށެވެ.
ޓްރޮފީގެ ބޭނުމަކީ ކުދިންގެ ހިތްތަކުގައި ވޯލްޑް ކަޕް ހޯދުމަށް އަޒުމް ކަނޑައެޅުން ކަމަށާއި، އަދި ރާއްޖެ ފަދަ ގައުމަކުން ވޯލްޑް ކަޕް ކުޅެ އެޓްރޮފީ ހޯދާ ދުވަހަކުން ކޮކާކޯލާ ފަޚުރުވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޑެބަބްރާޓާ މުކަރެޖީ ވިދާޅުވީ އޭޝިއާގައި ފުޓުބޯޅައިގެ ލޯބި އިތުރުވަމުންދާ ކަމަށާއި، އޭނާގެ އުންމީދަކީ ރާއްޖެއަކީ އެކަމަށް މުހިއްމު ރޯލެއް ކުޅޭ ގައުމަކަށް ހެދުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ