މިފްކޯ އިން ރޯދަމަހަށް ތައާރަފު ކުރި ޕްރޮމޯޝަންގެ އަގުގައި ޖޫން މަހު ވެސް މިފްކޯ މަސްދަޅު ވިއްކަން ނިންމައިފި

މިފްކޯ އިން ރޯދަމަހަށް މިފްކޯ އިން ތައާރަފު ކުރި "ފަސްމީރު މިވަރެއްނެތް!" ޕްރޮމޯޝަނުގައި މަސްދަޅު ވިއްކި އަގުގައި އަންނަ މަހުވެސް މަސްދަޅު ވިއްކަން އެ ކުންފުނިން ނިންމައިފިއެވެ.
ކޮވިޑް 19 އާ ގުޅިގެން އާންމުންގެ ދިރުއުޅުމުގެ ހާލަތަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މިފްކޯގެ މި ނިންމުމަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ އީދު ހަދިޔާއެއް ކަމަށް މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މިފްކޯގެ މި ނިންމުމަކީ މި ދަނޑިވަޅުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބިގެންދާ އެހީތެރިކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.
އެގޮތުން ކުރިން 680 ރުފިޔާއަށް ވިއްކި މިކްފޯގެ 48 ދަޅުގެ ތެޔޮ މަސްދަޅު ކޭސް އަންނަ މަހުވެސް ވިއްކާނީ 640 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި 645 އަށް މިފްކޯ އިން ވިއްކަމުން އައި އެ ކުންފުނީގެ 48 ދަޅުގެ ފެން މަސްދަޅު ކޭސް އަންނަ މަހުގެ ނިޔަލަށް ވިއްކާނީ ޕްރޮމޯޝަން އަގު ކަމަށްވާ 595 ރުފިޔާއަށް ކަމަށް މިކްފޯއިން ބުނެފައިވެއެވެ.
މިފްކޯގެ މަސްދަޅު ކޭހުގެ އިތުރުން އެ ކުންފުނިން ވިއްކާ އެހެން ހުރިހާ ބާވަތްތައް މާލެ އަދި ހުޅުމާލޭގެ މިފްކޯ މަސް ފިހާރަ، މިފްކޯ ސައިޓުތައް، މަސްވެރިންގެ މެރީނާ ޝޮޕް އަދި މިފްކޯ އައިސްޕްލާންޓުތަކުން ގަންނަން ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ