2018 ވަނަ އަހަރުގެ ވޯލްޑް ކަޕްއަށް 19 ބިލިއަން އަށްވުރެ ގިނައިން ހަރަދުވާނެ: ރަޝިޔާ

2018 ވަނަ އަހަރު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕްއަށް 19 ބިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް އެގައުމުގެ ސްޕޯޓްސް މިނިސްޓާ ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ސްޕޯޓްސް މިނިސްޓާރ ވިޓަލީ މުޓްކޯ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްއަށް ރަޝިޔާއިން 19 ބިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދުވެގެން ދާނެ ކަމަށެވެ.
މުޓްކޯ އިތުރަށް ބުނީ މި އަދަދީ ރަޝިޔާއިން ވޯލްޑް ކަޕްއަށް ކަނޑައެޅި އަދަދައްވުރެ ދެބައި ބޮޑު އަދަދެއް ކަމަށެވެ. އަދި މި ފައިސާގެ ބޮޑު ބައި ހަރަދުވެގެންދާނީ ކުޅުންތެރިންގެ ދަތުރުފަތުރާއި ވޯލްޑް ކަޕް ކުރިއަށް ދާ 11 ސިޓީ އިތުރަށް ތަރައްގީ ކުރުމަށާއި އަލަށް ބިނާކުރާ 12 ސްޓޭޑިއަމްގެ މަސައްކަތަށާއި މިހާރު ހުރި ސްޓޭޑިއަމްތަށް އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް ކަމަށް މުޓްކޯ ބުންޏެވެ. އަދި މި ނަންބަރު ތަކަކީ ފައިނަލް އެއްޗެއް ނޫން ކަމަށާއި މިއަށްވުރެ ގިނައިންވެސް ހަރަދު ވެގެން ގޮަސްފާވެ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުންވެސް ވޯލްޑް ކަޕްގެ ބަޖެޓުގެ ދަށުން އެއާޕޯޓް ތަކާއި މަގުތަކާއި ހޮޓާތަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ތަށް ފެށުމަށް ނިންމާފައިވާ ކަމަށްވެސް މީޑިއާއ ރިޕޯޓްތަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ