ޓްރާންސްޕޯޓް މިނިސްޓަރ ޑރ އަހުމަދު ޝަމްހީދު މަގާމުން ވަކިކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރ ޑރ އަހުމަދު ޝަމްހީދު މަގާމުން ވަކިކޮށްފިއެވެ.
ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރ މަގާމުން ވަކިކޮށްފައިވާ ކަމަށާއި، އެކަން މިހާރު ޝަމްހީދަށްވެސް އަންގާފައިވާނެކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރ ޑރ އަހުމަދު ޝަމްހީދު މަގާމުން ވަކިކޮށްފައިވަނީ ކޮން މައްސަލައެއްގައިކަން އަދި ދަންނަވަން ނޭގޭ ކަމަށާއި، މިއަދުން ފެށިގެން އެމިނިސްޓްރީ ހިންގުމަށް ވަގުތީގޮތުން ޑިފެންސް މިނިސްޓަރ ނާޒިމްއަށް ހަވާލުކުރެވިފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ އަދިވެސް ޓްރާންސްޕޯޓް މިނިސްޓްރީ އޮންނާނީ ޖުމްހޫރީ ޕާޓީގެ ޕޯސްޓެއްގެ ގޮތުގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ