އަހަރުގެ ތެރޭގައި އަންނަ އެންމެ އުފާވެރި މައްސަރަކީ ރަމަޟާން މަސް :މައުމޫނު

އަހަރު ތެރޭގައި މުސްލިމުންނަށް އަންނަ އެންމެ އުފާވެރި މަހަކީ ރަމަޟާން މަސް ކަމަށް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
މައުމޫނު ފައުންޑޭޝަނުން އިންތިޒާމު ކޮށްގެން ރަމަޟާން މަހުގެ ރޭތައް އިހުޔާ ކުރުމަށް ރޭބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ އަހަރުގެ ތެރޭގައި މުސްލިމުންނަށް އަންނަ އެންމެ އުފާވެރި މައްސަރަށް ރަމަޟާން މަސްވަނީ ބައިވަރު ސަބަބުތަކާ ހެދި ކަމަށެވެ.
އެގޮތުން ރަމަޟާން މަހުގެ ތެރޭގައި މުސްލިމުން ކުރާ ހެޔޮ ކަންތައްތަކުގެ ދަރުމައާއި ސަވާބު އެތައް ގުނައެއް އިތުރު ކުރައްވާފައިވާ ކަމަށާއި ރަމަޟާން މަހު އާއިލީ ގުޅުމުގެ އިތުރުން އިޖުތިމާއީ ގުޅުން ވެސް ބަދަހި ވެގެންދާ ކަމަށް މައުމޫނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޝޭހް މުހައްމަދު ރަޝީދު އިބްރާހީމުއާއި ޑރ.އަބުދުލް ޒިޔާދު ބާގިރު ވެސް ވާހަކަ ދެއްކެވިއެވެ. ރޭގެ ޖަލްސާ ނިންމާލާފައިވަނީ ރައީސް މައުމޫނު ހައްދަވާފައިވާ ޅެމެއް އިއްވުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ