ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ނައިބުކަމަށް އިލްހާމް އަހުމަދާއި އަލީ އާރިފު އިންތިހާބުކޮށްފި އެވެ.
އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ބޭއްވި އިންތިހާބުގައި ގެމަނަފުށި ދާއިރާގެ މެމްބަރ އިލްހާމް އަހުމަދާއި ވައިކަރަދޫ ދާއިރާގެ މެމްބަރ އަލީ އާރިފުގެ އިތުރުން ވާދަކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރ މުހައްމަދު މުޖުތާޒު އެވެ.
އޭނާގެ މައްޗަށް އިލްހާމާއި އަލީ އާރިފު ކުރި ހޯއްދެވީ ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުންކަމަށް ޕީޕީއެމުގެ އޮފިޝަލު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ޑެޕިއުޓީ ލީޑަރުގެ މަގާމަށް ދެ ބޭފުޅުން އިންތިހާބު ކުރެއްވީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އެކަނި ހުންނެވުމުން ތަފާތު ދަތިތަކާ ކުރިމަތިވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ޕީޖީގެ ލީޑަރު ނެތިގެން ކުރިން ދިމާވަމުން އައި ދަތިތަކަށް ހައްލު އައިސް ކުރިއަށްވުރެ ރަނގަޅަށް ކަންތައްތައް ހިނގަން ފަށާނެ އެވެ. ޕީޕީއެމުގެ ޕީޖީގެ ލީޑަރަކީ ކުރީގެ ރައީސް މައުމޫނުގެ ކޮއްކޮ އަބުދުﷲ ޔާމީނު އެވެ.
ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ނައިބުކަމަށް އިލްހާމް އަހުމަދާއި އަލީ އާރިފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ