އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ، އޭއައިއޭގެ 30 ޕަސެންޓް ހިއްސާ ޗަމްޕާ ހުސައިން އަފީފްގެ ކާސާ ހޯލްޑިން އަށް ވިއްކާލާފިއެވެ.
ގަން އެއަރޕޯޓް ހިންގާ އޭއައިއޭގެ 30 އިންސައްތަ ކާސާއަށް ވިއްކާލާފައިވަނީ 60 މިލިއަން ރުފިޔާ އަށް މިރޭ 8.30 ގައެވެ. އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތުގައި އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އެސްޓީއޯގެ ވެސް މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. ކާސާ ހޯލްޑިން ފަރާތުން ސޮއިކުރެއްވީ ޗަމްޕާ މުހައްމަދު މޫސާއެވެ.
ކާސާއަށް އޭއައިއޭގެ 30 ޕަސެންޓް ހިއްސާ ވިއްކާލުމުގެ އެގްރިމެންޓްގައި ސޮއިކުރެއްވުމަށްފަހު ޝާހިދު ވިދާޅުވީ އެކަމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާކަމުގައެވެ. ކާސާއަށް އޭއައިއޭގެ ހިއްސާ ވިއްކާލުމުގެ އެގްރިމެންޓްގައި ސޮއިކުރުން މީގެކުރުންވަނީ ކެންސަލްވެސްކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާގެ ޗެއަރމަން ގާސިމް އިބްރާހިމް ގެންދަނަވީ އޭއައިއޭގެ ހިއްސާ ކާސާއަށް ވިއްލާލުމާއި ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ.
ގާސިމް ދެކޮޅު ހައްދަވަނިކޮށް ގަން އެއަރޕޯޓްގެ ހިއްސާ ޗަމްޕާގެ ކާސާ ހޯލްޑިންގއަށް ވިއްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ