ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމަކީ ދީނީ އިލްމުވެރިންނަށާއި އިސްލާމްދީނަށް ޖެހި ގޮނެއް ކަމަށާއި އެއީ ބަޔަކު ދިން ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އަފްރާޝީމް އަވަހާރަ ކޮށްލިތާ އެއް އަހަރު ފުރުމުން ހަދާން އާ ކުރުމުގެ ގޮތުން މިރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މައުމޫން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމަކީ ދިން ނުރައްކާތެރި މެސެޖެއް ކަމަށާއި އެ ހަމަލާ ދިން ބަޔަކު އެކަން ކޮށްފައި ވަނީ އަފްރާޝީމްގެ ހިދުމަތްތަކުން ރާއްޖެ މަހުރޫމްކޮށްލަން ކަމަށެވެ. އަދި އެ ހަމަލައިގެން މާނައަކީ އެބަޔަކު ނޭދޭ ގޮތަކަށް އަޑުއުފުލާ ނަމަ އޮތް ގޮތަކީ އެއީ ކަމަށް ބުނުން ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލުމަކީ ސިޔާސީ ބޭނުމެއްގައި ބަޔަކު ރާވައިގެން ހިންގި ބޮޑު ޖަރީމާއެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެއް އަހަރުވީ އިރު ވެސް އެކަން ކުރި ބަޔަކަށް ހައްގު އަދަބު ލިބިފައި ނުވާތީ ކުރީގެ ރައީސް ވިދާޅުވީ އެ ޖަރީމާ ހިންގި ބަޔަކަށް ހައްގު އަދަބު ދިނުން އަވަސް ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އެއީ ދިން ވަރަށް ނުރައްކާތެރި މެސެޖެކޭ!" މައުމޫން ވިދާޅުވި އެވެ.
އަފްރާޝީމް އަވަހާރަކޮށްލުމަކީ ދީނަށާއި އިލްމުވެރިންނަށްޖެހި ގޮނެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ