އެތުލީޓުންނާ އެކު ތަމްރީން ހެދުމަށް ރާއްޖޭގެ ރައީސުންނަށް، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ކުރެއްވި ޗެލެންޖް، ރާއްޖެގައި އެންމެ ގިނަ ދުވަސް ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގަބޫލުކުރައްވައިފިއެވެ.
ރައީސް މައުމޫނަށް މަރޭ ކުރިމަތިކުރުވި ޗެލެންޖަކީ އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ހަމައެކަނި އެތުލީޓް ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދާއި އެކު ތަމްރީންތައް ފުރިހަމަ ކުރުމެވެ. ރައީސް މައުމޫން މިކަން ގަބޫލުކުރެއްވީ މިރޭ އެމަނިކުފަނު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އުފަލާއެކު ޗެލެންޖް ގަބޫލުކުރައްވާކަމަށެވެ.
ރައީސް މައުމޫން ތަމްރީން ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާ އަޖުފާނަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުން މެޑަލް ހޯދާފައިވާ ކުޅުންތެރިއެކެވެ.
ރައީސް މައުމޫންގެ އިތުރުން މިހާރުގެ ރައީސުލްޖުމުހުރިއްޔާ ޔާމީން އަދި ކުރީގެ ދެރައީސުންކަމަށްވާ ޑރ މުހައްމަދު ވަހީދު އަދި ރައީސް ނަޝީދުވެސް ވަނީ މަރޭގެ ޗެލެންޖް ގަބޫލުކުރައްވާފައެވެ. ރައީސް ޔާމިން މި ޗެލެންޖުގެ ދަށުން ތަމްރީން ފުރިހަމަކުރައްވާނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި އެކުއެވެ.
ރައީސް ޑރ ވަހީދު ސަޖަން އާއި އެކު ތަމްރީނު ފުރިހަމަކުރައްވަން ޗެލެންޖް ގަބޫލުކުރައްވާފައިވާއިރު ރައީސް ނަޝީދު ތަމްރީން ފުރިހަމަ ކުރައްވާނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ލޯ މެޑަލް ހޯދާފައިވާ ދުވުންތެރިޔާ ސަމްހާ އަހުމަދާ އެކުއެވެ.
ޓްރެއިނިންގް ވިތް އެމްވީ ޗެމްޕްސް ޗެލެންޖަކީ ރާއްޖޭގެ އެތްލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެރަޓަރީ އަހްމަދު މަރްޒޫގް ކުރިއަށްގެންދަވާ ހަރަކާތެކެވެ.
އަޖުފާން އާއި އެކު ތަމްރީން ފުރިހަމަ ކުރަން ތައްޔާރު: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ