ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފި

ފެމިލީ ކޯޓުގެ ގާޒީ، އަބްދުﷲ މުހައްމަދު (އަބުދުﷲ ގާޒީ)ގެ ސުލޫކީ މައްސަލައެއް ބަލަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ބަލަން ނިންމީ މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުން ކަމަށެވެ.
ނަމަވެސް ގާޒީ އަބްދުﷲ މުހައްމަދާއި ގުޅިގެން ބަކަނީ ކޮން މައްސަލައެއް ކަމެއް އަދި އެކަމުގައި އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި އިރު، މިފަހުން އަބުދުﷲ ގާޒީ ހިއްސާކުރެއްވި ކަމަށްބުނާ ޅެމެއްގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި އެ ޅެމަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު، 2012 ފެބުރުއަރީ 8 ވަނަ ދުވަހު ރާއްޖޭގައި ހިނގައިދިއަ ހުޅުޖެހުމުގެ ހާދިސާ އާއި ގުޅުވައި ލިޔެފައިވާ ޅެމެއް ކަމަށް މައުލޫމާތު ލިބެ އެވެ.
މި ޅެން އާއްމުވެފައި ވަނީ އެ ހާދިސާއަށް 8 އަހަރު ފުރުމާއި ދިމާކޮށް ކަމަށްވެ އެވެ.
ނަމަވެސް (ޖޭއެސްސީ) އިން ބަލީ ސީދާ އެ މައްސަލަ ކަމެއް ކަށަވަރެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ