ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުރަސް އަޅަން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން އެޖެންޑާކޮށްފިއެވެ.
މިރޭ 9:00 ގައި ބާއްވާ ގޮތަށް އެޖެންޑާކޮށްފައިވާ އެ ބައްދަލުވަކީ އުއްތަމަ ފަނޑިޔާރު ބައިވެރިވެގެން ބައެއް ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީ އަދި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސް އެޅުމަށް މަަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ބާއްވާ ބައްދަލުވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.
ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން ތާވާލުކޮށްފައިވާ ގަޑިއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ވެސް މިރޭ ބާއްވަން ނިންމާފައި ވެއެވެ.
މައުލޫމާތު ލިބޭގޮތުގައި، ކޯޓުތަކުގެ ފަނޑިޔާރުން ހިމެނޭހެން މިރޭ ބާއްވާ ޖުޑީޝިއަލް ކައުންސިލް ބައްދަލުވުމަކީ މިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލް ކުރުމާ ގުޅޭ މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެކެވެ.
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުރަސް އަޅާ ކަމަށް ބުނެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ