އެމްޑީއެންއާ ދެކޮޅަށް ބޭއްވި އެއްވުމަކީ ފިތުނަ ފަސާދައެއްކަމަށް ދުވާފަރު މެމްބަރު ސިފަކޮށްފި

އެމްޑީއެންއާ ދެކޮޅަށް އިއްޔެ ދުވާފަރުގައި ހިންގާފައިވަނީ ފިތުނަ ފަސާދަ އުފައްދަން ހިންގި ޙަރަކާތެއްކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިމޭރުމުން ޓުވީޓު ކުރައްވާފައިވަނީ އެމްޑީއެންއާ ދެކޮޅަށް ދުވާފަރުގައި އިއްޔެ ޝުޢޫރު ފާޅުކޮށް ހިނގާލުމެއް ބޭއްވުމާ ގުޅިގެންނެވެ. ދުވާފަރުގައި އެމްޑީއެންގެ ފިކުރާ ދެކޮޅަށް، އެރަށު ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި ހިނގައިލުމެއް ކުރިއަށް ގެންގޮސްފިއެވެ. މިހިނގައިލުމުގައި ރައްޔިތުން އަޑު އުފުލާފައިވަނީ އެރައްޔިތުން ލާދީނީ ފިކުރާ ދެކޮޅު ކަމުގައެވެ. އަދި އެރައްޔިތުން އެފިކުރަށް ޖާގަ ދިނުމަށް ބޭނުންނުވާ ކަމުގައެވެ.ނަމަވެސް ދުވާފަރު ދާއިރާގެ މެމްބަރު ވިދާޅުވީ އެއީ ފިތުނަ އުފައްދަން ހިނގި ސިޔާސީ ޙަަރަކާތެއް ކަމަށާއި "އިސްލާމްދީނުގެ ނަމުގައި ފިތުނަ އުފެދޭގޮތަށް ތިޔަ ޒާތުގެ ޙަރަކާތް ހިންގައި ރަށުގެ މަޞްލަޙަތު ނަގާލުމަށް ތިޔަ ކުރައްވާ މަސައްކަތް ހުއްޓާލުމަށް" ގޮވާލާފައެވެ. އެމްޑީއެންގެ މައްސަލައިގައި ސަރުކާރުންވަނީ ރަނގަޅު ފިޔަވަޅު އަޅުއްވާފައި ކަމަށާއި، އިސްލާމްދީނުގެ ދިފާޢުގައި އަޅުއްވަންޖެހުނު ކޮންމެ ފިޔަވަޅެއް ރައީސް ޞާލިޙު އަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި ރައްޔިތުން ގޮވަމުންދަނީ އެޖަމްޢިއްޔާ އުވާލާ އެޖަމްޢިއްޔާގެ އިސް ފަރާތްތަކަށް ފިޔަވަޅު އެޅުމަށެވެ. މިކަމަށް އަޑުއުފުލާ ރައްޔިތުންގެ ޕްރެޝަރ ބޮޑުވެެގެން ސަރުކާރުންވަނީ އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ދދ
އޭނާ މެމްބަރުކަމުން ވަކި ކުރަން ޖެހޭ !
REPLY
ދދ
އޭނާ މެމްބަރުކަމުން ވަކި ކުރަން ޖެހޭ !
REPLY
މދއއބ
ރަށުމެމްބަރު ރަށުމީހުންނާ ދެކޮޅު
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ