މއ ގޯލްޑަން ބީމް އިން ފިސްތޯލަ ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ އިންތިފް ރައޫފުގެ ޝަރީޢަތް ނިމެންދެން ގޭ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އިންތިފްގެ ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
އިންތީފްގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ހުށައަޅައިފައެވެ. އިންތިފްގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ އުފުލާފައިވާކަން ކަށަވަރު ވެފައިވީނަމަވެސް، އޭނާގެ މައްޗަށް އުފުލާފައިވަނީ ކޮން ދައުވާއެއްކަން ސާފުވާގޮތް ވަނީ ނުވެފައެވެ.
ގޯލްޑަންބީމް އިން ފިސްތޯލަ ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯމަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައެވެ.
އިންތިފް އަކީ ރަހުމުކުޑަކޮށް އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީގެ މައްސަލާގައި ހޯދަމުންދާ އަޒްލީފް ރައޫފްގެ ކޮއްކޮއެވެ.
އިންތިފްގެ ޝަރީޢަތް ނިމެންދެން ގޭ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ