ވިލިމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

ވިލިމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ވިލިމާލެއިން ކަރަންޓު ގޮސްފައި ވަނީ މިއަދު ހެނދުނު 8:15 ހާއިރު ކަމަށެވެ. ފުރަތަމަ ކަރަންޓު ދިޔައީ މުޅި ވިލިމާލެއިން ކަމަށާއި ނަމަވެސް މިހާރު ރަށުގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ކަރަންޓު ކެނޑިފައި ވަނީ ވިލިމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯގެ ޓީމެއް އެރަށަށް ގޮސް މިހާރު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ވިލިމާލެއިން ވާހަކަދެއްކި މީހަކު ބުނީ ހެނދުނު 8:15 އިން ފެށިގެން މުޅި ވިލިމާލެއިން މީޑިއާ ނެޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ