އެސްޓީއޯ ބޯޓެއް ކަމަށްވާ "އެމްވީ ބޮންތި" އިން ދެކިލޯގެ މަސްތުވާތަކެތި ހޯދައި، ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގައި އެދިއްޖެއެވެ.
އެމައްސަލައިގައި ހިމެނޭ އުމުރުން 47 އަހަރުގެ ފިރިހެންމީހާ ކޯޓުން ދޫކޮށްލީ އިއްޔެއެވެ. މަސްތުވާތަކެތީގެ މައްސަލައިގައި އުމުރުން 27 އަހަރުގެ ފިރިހެނަކުވެސް ހައްޔަރުކުރިއެވެ.
އުމުރުން 27 އަހަރުގެ ފިރިހެންމީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް، މައުލޫމާތު ލިބެއެވެ.
އެ ދެމީހުން ހައްޔަރުކުރި ބޯޓުކަމުގައިވާ "އެމްވީ ބޮންތި" އަކީ ރާއްޖެއިން ބޭރުން ހިލައާއި ހިލަވެލި އެތެރެ ކުރުމަށް އެސްޓީއޯއިން ބޭނުން ކުރަމުންދާ ބޯޓެކެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހަކު ކޯޓުން ދޫކޮށްލުމުން އެކަން އިސްތިއުނާފްކުރުމަށް ފުލުހުން ޕީޖީގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ