ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގެ މަތިވެރީ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ހުސައިން މުހައްމަދު އަވަހާރަ ވެއްޖެ އެވެ.
ހުސައިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕްގައި ފަރުވާ ދެމުން ދަނިކިށް ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 71 އަހަރެވެ.
އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ އިތުރުން ސިޔާސީ އަދި މީޑިއާގެ ދާއިރާއިން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައިވާ ބޭފުޅެކެވެ. އެގޮތުން އއ. އަތޮޅުގެ މެމްބަރުކަން 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަޔަށް ކޮށްފައިވާއިރު 2009 އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމަޔަށް މަތިވެރި ދާއިރާގެ މެމްބަރުކަންވެސް ހުސައިން ވަނީ ކުރައްވާފަ އެވެ.
މީގެ އިތުރުން ވެސް ތައުލީމީ ދާއިރާއިން ވެސް ގިނަގުނަ ހިދުމަތް ކޮިށްދީފައިވާއިރު ހުސައިން މުހައްމަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ޑިރެކްޓަރުކަންވެސް ވަނީ ކުރައްވާފަ އެވެ. އަދި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ)ގެ އެކިއެކި މަގާމުތައްވެސް ވަނީ ފުރުއްވާފަ އެވެ.
މީޑިއާ ދާއިރާއިން އޭނާ ވަނީ ޓެލެވިޒަން މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރައްވައި ގައުމީ ޓީވީ އާއި ރޭޑީއޯ ހިންގެވުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.
މީގެ އިތިުރުންވެސް އޭނާ ވަނީ ރާއްޖޭގެ އެކި މީޑިއާތަކުގައި ނޫސްވެރިއެއްގެ ގޮތުންވެސް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ