ސްކޫލް މާހައުލު ސާފުކޮށް ބޭއްވުމަށް ސްކޫލުތަކުގެ އެއްބާރުލުން ބޭނުންވޭ: ޝިފާ

ސްކޫލް މާހައުލު ސާފުކޮށް ބޭއްވުމަށް ސްކޫލްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުވޭ ހުރިހާ ސްކޫލްތަކަށް ފޮގް ކުރުމާއި ސޯޝަލް ޑިސްޓެންސް ކުރަހާ ނިންމޭނެ ކަމަށެވެ. ނަމަވެސް ސްކޫލް ސާފުކޮށް ބޭއްވުމަށާއި ސްކޫލްތަކުގެ ފުރާޅުތައް ސާފުކޮށް ބެހެއްޓުމާއި ސްކޫލްތަކުގެ ވަށައިގެންވާ މާހައުލަށް ކުނި އެޅުން ހުއްޓުވަން ޖެހޭ ކަމަށެވެ. އެފަދަ ހުރިހާ ކަމަކަށް ސްކޫލްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
ނިއު ނޯމަލަށް ސްކޫލްތައް މާދަމާ ހުޅުވާލަން ނިންމާފައި ވާއިރު، ސްކޫލް ތަކުގައި ގާއިމް ކުރަން ޖެހޭ އަތް ދޮންނަ ތަންތަން މިހާރު ހަދަމުންދާ ކަމަށާއި ސްކޫލަތައް ހުޅުވޭއިރު ހުރިހާ ސްކޫލެއްގައި އަތް ދޮންނަ ތަންތަން ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ހުރިހާ ސްކޫލްތަކަށް ހުންބަލާ ތާމޯމީޓާ ފޮނުވަމުންދާ ކަމަށާއި ސްކޫލްތަކުގައި ކުރަން ހުރި މަރާމާތު ވެސް ސްކޫލްތައް ހުޅުވުމުގެ ކުރިން ނިމޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ސްކޫލްތައް ހުޅުވާއިރު ދަރިވަރުންނަށް ދިމާވެދާނެ ނަފްސާނީ ބަލިތަކަށް އެހީ ފޯރުކޮށް ދިނުމަށް 11000 ޓީޗަރުންނަށް ބޭސިކް ސައިކޯ ސޯޝަލް ސަޕޯޓާއި ސައިކޮލިޖިކަލް ފަސްޓަ އެއިޑް ޓްރޭނިން ދޭން ފަށާފައިވާ ކަމަށާއި ސްކޫލްތައް ސެނެޓައިޒް ކޮށް އަދި ޑިސްއިންފެކްޓް ކުރާނެ ގޮތުގެ ތަމްރީން ދަނީ ހިންގަމުން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ސްކޫލްތައް ސާފުކުރުމަށް އެއްބާރުލުން ދިނުމަށް ގޮވާލާފައި ވާއިރު، ރަނގަޅު ވެއްޓެއް ބިނާކުރުމަށް ކަނޑައަޅައިގެން މުޅި މާލެތެރެ ސާފުކޮށް ބެލެހެއްޓުމުގެ ބޭނުމުގައި މި ސަރުކާރުން، މިދިޔަ އަހަރު ފެށިއިރު ވަނީ މުޅި މާލެތެރެ ސާފުކުރަން ނުކުމެ އެތައް ދިވެހި ރައްޔިތުންނެއް ވެގެން މާލޭގެ މިފަދަ ސަރަހައްދުތައް ސާފުވެސް ކޮށްފައެވެ.
އެގޮތުން މިމަހުގެ 21 ވަނަ ދުވަހު މާލޭ ހުޅަނގު ފަރާތް ހިއްކައިގެން ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު ވަނީ ސާފުކުރަން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ