ރ. އަތޮޅުގެ ކުރީގެެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި އިސްމާއިލް ޒަކަރިއްޔާއަށް ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނިކޮށް މިއަދު އަވާހަރަވެއްޖެއެވެ.
އުމުރުފުޅުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާ އަވާހަރަވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. މިއީ ކޮވިޑްގައި ރާއްޖެ އިން ނިޔާވި 33 ވަނަ ފަރާތެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَR.Atoll ge kureege Majilis member Kan kuri, Alhugaduge loabivaa Bappa, R. kadholhudhoo Ismail Zakariyya, Covid-19 ah positive ve Dharumavantha Hospital gai faruvaadhemun dhanikoh dhaadhi dhemme aku niyaavejje. pic.twitter.com/P2N2VuAdHz
— Ibrahim Azim (@IbrahimAzim9) September 14, 2020
އިސްމާއިލް ޒަކަރިއްޔާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 13 ގައެވެ. ކޮވިޑަށް ޕޮޒިޓިވް ވުމުން އެންމެ ފުރަތަމަ އޭނާ އަށް ފަރުވާ ދެމުން އައިސްފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. ނަމަވެސް އިސްމާއިލް ޒަކަރިއްޔާ ހާލު ބޮޑުވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ފަހުން ވަނީ ބަދަލުކޮށްފައެވެ.
އިސްމާއިލް ޒަކަރިއްޔާގެ ދަރިކަލުންގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލް އާއި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހީމް އާޒިމް ހިމެނިވަޑައިގަންނަވައެވެ.
ހަފްތާއަކަށްފަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިއްޔެ އަނެއްކާވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ މި ބައްޔަށް ވަނީ 121 މީހަކު ޕޮޒިޓިވް ވެފައެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9173 އަށް އަރާފައެވެ. މީގެތެރެއިން 1809 މީހުންނަށް ފަރުވާ ދެމުން އަންނައިރު 113 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7326 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ