ސަން ޓްރެވެލްސްގެ އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ސަން ޓްރެވެލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވެލްސްގެ އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން އަމުރެއް ނެރެފައިވަނީ އެ ކުންފުންޏާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަން ކުންފުނިން ހުށަހަޅާފައިވާ މައްސަލައިގައި ކުރި ހުކުމެއް ތަންފީޒު ނުކުރާ މައްސަލައާ ގުޅިގެންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހައި ކޯޓުން މިމައްސަލަ ބޭރުކޮށްލީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އެހެންނަމަވެސް އެގޮތަށް ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.
މި މައްސަލައަކީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވެލްސް އިން ބާތިލް ކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއް ގޮތަށް ސަން ޓްރެވެލްސް އިން ފައިސާ ނުދައްކާތީ ހިލްޓަން އިން ހުށަހެޅި މައްސަލައެކެވެ.
މި އެއްބަސްވުން ބާތިލް ކޮށްފައި ވަނީ 2013 ގައެވެ.
ސިންގަޕޫރުން އާބިޓްރޭޝަނުން މީގެ ކުރިން ވަނީ ހިލްޓަންއާ އެއްކޮޅަށް މައްސަލަ ނިންމާފައެވެ. އެހެންނަމަވެސް 2017 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ސަން ޓްރެވެލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. އެކަމަކު ފަހުން ހައި ކޯޓުން އެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓަށް އަނބުރާ މައްސަލަ ފޮނުވާލި އެވެ.
ސަން ޓްރެވެލްސްގެ އިސްތިއުނާފު މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ