މިއަހަރުގެ ރޯދަ މަހުވެސް އުނގޫފާރު ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ހިލޭ ފޯރުކޮށްދޭން އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ.
އުނގޫފާރު ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުއް ނާސިރު އަލީ "އުނގޫފާރު ޑޮޓްކޮމް" އަށް މައުލޫމާތުދެމުން ވިދާޅުވީ ކައުންސިލުން ނިންމާފައި ވަނީ މި ފެށޭ ރޯދަމަހާއި ހަ ރޯދައިގެ ދުވަސްތައް ހިމެނޭ ގޮތަށް މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށް އުނގޫފާރުގެ ހުރިހާ ގޭބީސީ ތަކުން ބޭނުން ކުރާ ކަރަންޓަށް އެއްވެސް އަގެއް ނުނެގުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދުވަސްތަކުގައި އުނގޫފާރު ގޭބީސީ ތަކުން ބޭނުން ކުރާނެ ކަމަށް ލަފާ ކުރެވޭ ކަރަންޓްގެ އަގަކީ 450،000ރ އެވެ.
ކައުންސިލުން މިގޮތަށް ނިންމީ ރޯދަ މަހަކީ އާންމުކޮށް ހަރަދުތައް ބޮޑުވެގެންދާ މަހެއް ކަމުން ރައްޔިތުންގެ ޖީބަށް ލުއިކޮށް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުވެސް ރޯދަ މަހު ވެސް، އުނގޫފާރު ކައުންސިލް ވަނީ އެ ރަށުގެ ހުރިހާ ގޭބީސީ ތަކަށް ހިލޭ ކަރަންޓް ފޯރުކޮށްދީފައެވެ.
އުނގޫފާރު ރޯދަ ހަދިޔާ: ކަރަންޓް މިފަހަރުވެސް މުޅިން ހިލޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ